ރައްޔިތުންގެ މަޖިލިސް

ލީޑަރުން މަޖިލީހުން ނުފެންނާތީ ކަންބޮޑުވޭ: ނަޝީދު

ރައީސް ނަޝީދާއި ގާސިމް އިބްރާހީމް ކެނެރީގޭގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --
0%
0%
0%

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ނިސްބަތްވާ ޕާޓީތަކުގެ ލީޑަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފެނިވަޑައި ނުގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ކަންބޮޑުން އާ ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން އާ ކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލްގެ ބަހުސްގައި ޕާޓީތަކަށް ހާއްސަ ކޮށްފައިވާ ވަގުތުގައި ބައެއް ޕާޓީތަކުގެ މެންބަރުން ބައިވެރިވެވަޑައިގެންފައި ނުވާތީ އެކަން ފާހަގަ ކުރެއްވުމުގެ ތެރޭގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މަޖިލީހުގެ ތަޅުމުން ފެނިވަޑައި ނުގަންނަވާތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދި އެމްޑީއޭގެ ލީޑަރު، އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދަކީ "ބޭހަކަށް ލިބޭ ވަރަށް ވުރެ ވެސް ތަދު" ބޭފުޅެއް ކަމަށެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ ސަލީމް ވެސް މަޖިލީހުން ފެނިވަޑައިގަންނަ ވަނީ ވަރަށް މަދުން ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ޕާޓީތަކަށް ހާއްސަ ކުރާ ވަގުތުގެ ބޭނުން ހިފަން ބައެއް ޕާޓީ ތަކުގެ މެންބަރުން މަޖިލީހަށް ހާޒިރުވެ ވަޑައިގެން ބަހުސްތަކުގައި ބައިވެރިވެވަޑައި ނުގަންނަވާތީ ހިތާމަ ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަލަކާ00986

ނަޝީދާ ނުބެހޭކަމެއް ވެސް ނޯވޭ.ނުޖެހޭދޯ ގާސިންބެ އަގު ވައްޓާލާކަށް

ޒާރާ1)

ދަރިން ހޯދުމުގެ ވަރށް ވަތުގަދަ ޕްލޭނެއްގަ ކަންނޭނގެ

ސަނީ

ރއްޔިތުންގެ މީހަކައް ވެ ދާއިރާ ތަމްސީލް ކުރަން ނުކުޅެ ދުމަކީ ދަށުދަރަޖައިގެ ކަމެއް ނޫންތޯ

ކުލްސުމް

ގާސިމް އަށް އަނބިންގެ ކަންކަމުން ސަލާމަތް ވެގެންނު އެހެން ކަމަކާ އުޅެވޭނީ

ހާސިބާ

ނަޝީދު މެންގެ ވާއަތު ސަންގު.ނަޝީދަކައް ނެތޭ އެކައްޗެއް ވެސް ބުނެވޭކައް

ނިހާޒް އާތި

ކޮރޯނާ އާ އެކު މީނަ ގެއްލިއްޖެ

އައްބާސް

ޔަގީނޭ މިހާރުވެސް އިންނާނެ ކުޑަ މަންޖެ ކޮޅެއް ހޯދަނީކަން

މަނިކް

ގާސިމް މީ ލަދެއް ނެއް މީހެއް ހުވާ.މުސްކުޅި ވީމަ މީހުންނާ އިންނަން ދުވާއިރު ގައިގަބާރު ހުރޭ ދޯ

ހުސޭން ފުތު

މާމިގިއްޔައް ވެސް އޮތް ބޮޑު ލަދެއް 😂

އައިޝް

ހަހަހަހހަ ގާސިމް މިހާރު ގޭގަ ކައްކާފަ ތަށި ދޮންނަނީ.އެހެންވީމަ ވާނެދޯ ބިޒީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345