ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބިލެއްފައްސަށް އެރި ތިން މީހަކު ހައްޔަރަށް

Apr 29, 2020

މޮނިޓަރިންގެ ހާލަތުގައި ވަނިކޮށް ށ. ބިލެއްފައްސަށް އެރި ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ބިލެއްފައްސަށް އެއްވެސް މީހަކު އަރާ ފޭބުން މަނާ ކޮށްފައި ވަނިކޮށް އިއްޔެ އިރުއޮއްސުނު ވަގުތު ށ. ފޭދޫން ކުޑަ ޑިންގީއެއްގައި ފުރައިގެން ބިލެއްފައްސަށް އެރި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެއީ އުމުރުން 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. މުޅިން ވެސް ދިވެހިންނެވެ. މި މީހުން ހައްޔަރުކުރީ ބިލެއްފައްސަށް އެރުމަށްފަހު އަލުން ފޭދޫއަށް ދާން ދަތުރު ކުރަނިކޮށް ކަނޑުމަތިންނެވެ.

ބިލެއްފަހި މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ އެ އަތޮޅުގައި ދުއްވާ އަމާޒު ބޯޓްގެ ކެޕްޓަނާއި އިތުރު އަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެގެނެވެ.