ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

އެންގުމަށް އަމަލުކުރޭތޯ ފުލުހުން ބަލާނެ: ނަވީން

ހުއްދައާ ނުލައި ބޭރުގައި އުޅެވޭ ވަގުތު އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކާއި ހިލާފުވާ މީހުން ހައްޔަރުކޮށް ޖޫރިމަނާ ނުކުރާނެ ކަމަށާ ނަމަވެސް އެކަންކަން ހުއްޓުވަން މަސައްކަތް ކުރާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ހުއްދައާ ނުލައި ބޭރުގައި އުޅެވޭ ގަޑިއަކީ ފަތިހު 5:00 ން ފެށިގެން ރޭގަނޑު 10:00 އަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހެ އެވެ. ހުއްދައާ ނުލައި ބޭރުގައި އުޅެވުނު ނަމަވެސް އެކީގައި ތިން މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅެވޭނެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޑް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވީ މާދަމާ ލުއިތަކެއް ދިން ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއްވާ ކަމަށެވެ. އެހެން ކަމުން އެ ކަންކަމަށް އާންމުން އަމަލުކުރާ މިންވަރު ބެލުމުގައި ފުލުހުން މަގުމަތީ ހަރަކާތްތެރިވާނެ ކަމަށެވެ.

ނަވީން ވިދާޅުވީ އުސޫލުތަކާއި ހިލާފަށް އަމަލުކުރާ މީހުން ހައްޔަރުކޮށް ޖޫރިމަނާ ނުކުރާނެ ކަމަށާ ނަމަވެސް ނަސޭހަތް ދީ އިލްތިމާސް ކުރުމުގައި ފުލުހުން ދެމި ތިބޭނެ ކަމަށެވެ. އަދި ގިނަ ބަޔަކު އެއްވެ އުޅޭނަމަ އެކަންކަން ހުއްޓުވާނެ ކަމަށެވެ.

"އެއް ސަރަހައްދަކަށް މާގިނަ ބަޔަކު އެއްވާކަން ފާހަގަ ކުރެވޭނެ އެކަންކަން އަޅުގަނޑުމެން ދާނީ އެޗްޕީއޭއަށް ރިޕޯޓް ކުރަމުން. މިސާލަކަށް މިވެނި ސަރަހައްދަކަށް ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ނުވަތަ ކަސްރަތު ކުރާ މީހުން އެއްވާކަން ފާހަގަ ކުރެވޭ. އެފަދަ މައުލޫމާތުތައް އަޅުގަނޑުމެން ދާނީ އެޗްޕީއޭއަށް ރިޕޯޓް ކުރަމުން." ނަވީން ވިދާޅުވި އެވެ.

މާދަމާއިން ފެށިގެން ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ދެވޭނެ އެވެ. ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.

ނަވީން ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މި މިންގަނޑުގެ ތެރޭގައި ހުރިހާ އެންމެން ވެސް އަމަލުތައް ބެހެއްޓުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ލޮކްޑައުންއާއި ގުޅިގެން ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވީނަމަވެސް އެ ފަދަ މައްސަލަތަައް ދެން އިތުރުވާނެ ކަމަށް ބެލެވޭނީ އެކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ.