ހުއްދަ ނުހޯދާ ނ. ލަންދޫއިން ފޭބި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ނ. މަނަދޫއިން ދެ މީހަކު އެ ރަށުގެ ކޮވިޑް ޓާސްކްފޯހަށް ނޭނގި ޑިންގީއެއްގައި އެ އަތޮޅު ލަންދޫއަށް ދިޔަ ކަމަށެވެ. ނަަމަވެސް ލަންދޫ ޓާސްކް ފޯހުން އެ މީހުން އެ ރަށުގެ ފަޅަށް ވަނަނުދީ ހުރަސް އެޅުމުން އެމީހުން އެނބުރި މަނަދޫއަށް ދިޔަ ކަމަށެވެ.
އަދި ބުނީ އެ މީހުން ރަށުގެ ޓާސްކް ފޯހުގެ ހުއްދަ ނެތި ރަށުން ފޭބުމާއި އަދި މަސްލަހަތު ގެއްލޭ ފަދަ އަމަލެއް ހިންގާފައިވުމުން އެ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެއީ އުމުރުން 39 އަހަރުގެ މީހަކާއި 40 އަހަރުގެ ދެ ދިވެހިންނެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ އަތޮޅުތަކުގެ ތެރޭން ވެސް އެ ބަލި ވަނީ ފެންނަން ފަށާފަ އެވެ. އެކަމާ ގުޅިގެން ރަށްތަކުން ވަނީ ފިޔަވަޅުތައް އަޅައި ވަރުގަދަ ކޮށްފަ އެވެ.