ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގަސްތުގައި ބަލި ފަތުރަން އުޅޭ މީހެއްގެ މައްސަލަ ބަލަނީ

ގޭގެއަށް ގޮސް ގަސްދުގައި ބަލި ފަތުރަން މީހަކު އެޅުމުންދާ ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯގެ ފޮޓޯއެއް: ފުލުހުން ދަނީ މި މައްސަލަ ބަލަމުން
20%
40%
40%

ކޮވިޑް-19 އިގެ ރޯގާ މާލޭގައި ފެތުރެމުންދާއިރު، ގޭގެއަށް ގޮސް ގަސްތުގައި ބަލި ފަތުރަން މަސައްކަތް ކުރާ ކަމަށް ބެލެވޭ ކަމަށް ބުނާ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ސީސީޓީވީ ވީޑިއޯއަކުން ފެންނަ ގޮތުގައި، މާސްކް އަޅައިގެން ހުންނަ މީހަކު ގެއެއްގެ ތެރެއަށް ވަދެ ދޮރު ކުރިމަތީ މަޑުކޮށްގެން ހުރެ މާސްކް ނަގަ އެވެ. އަދި އޭނާގެ މޫނުމަތީގަ އާއި ނޭފަތުގައި އަތް ހޭކުމަށް ފަހު، އެ ދޮރުގެ ތަޅުގައި ހިފައި ދޮރުގައި އާތް ކާއްތައި މަންޒަރު ފެނެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދަރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ ވީޑިއޯގައި ގަސްދުގައި ބަލި ފަތުރަން އުޅޭ ކަމުގެ ތުހުމަތު ކުރެވޭ ގޮތަށް އެ މީހެއްގެ އަމަލުތައް ހުރުމުން ބަަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އެ ވީޑިއޯއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައި ވެއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގެ ބަލިޖެހޭ މީހުންގެ ނިސްބަތް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އެގޮތުން، 137 މީހުނާއެކު އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކުރިއާ ހިލާފަށް ބަލި ޖެހޭ މީހުންގެ ތެރެއަށް ދިވެހިންގެ އަދަދު ގިނަވާތީ، ޑޮކްޓަރުން ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވައި އެކަން ކޮވިޑްގެ ދެވަނަ ރާޅެއްގެ ގޮތުގައި ސިފަ ކުރައްވައިފައި ވެއެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑްއަށް 3،506 މީހުން ޕޮޒިޓިވްވިއިރު، އެ ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ 929 މީހަކަށެވެ. 2،547 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މި ބަލީގައި މިހާތަނަށް ރާއްޖޭން 15 މީހަކު މަރުވެފައިވެ އެވެ. މިހާރު ބަލި ޖެހިފައިވާ ދިވެހިންގެ އަދަދު ވެސް ބިދޭސީންގެ އަދަދަށްވުރެ އިތުރުވެފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނުރަބޯ

މި ވީޑިއޯ ރަނގަޅަށް ބެލީމާ އެނގޭނެ އެއީ ތެދެއް ނޫން ކަން. އެމީހަކު އެގޭދޮރުގައި ޓަކި ދީފައި އެތާހުރެ އޭނާގެ މާސްކް ނެގުމަށްފަހު ހިއްލާފައި ހުރި ދާ އަތުން ފޮހެފައި ދެން އޭނާގެ ގަމީހުގައި ފޮހެއެވެ.

ޕާޕާ

ތި ވާނީ ސިކުޑި ހަމަނުޖެހޭ ސޮރަކަށް ޕޮލިހުން ބަލަންޔާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345