ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގޮއިދޫން ފެހެންދުއަށް ފަތާފައި ދިޔަ މީހަކު ހައްޔަރު ކޮށްފި

ބ. ގޮއިދޫން އެ އަތޮޅު ފެހެންދުއަށް ފަތާފައި ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ކޮވިޑް-19 އާއި ގުޅިގެން އުސޫލެއްގެ ތެރެއިން ނޫނީ އެއް ރަށުން އަނެއް ރަށަށް ދިޔުން މަނާ ކޮށްފައި ވަނިކޮށް މިއަދު ގޮއިދޫން، ކައިރީ އޮންނަ ފެހެންދޫއަށް ފަތާފައި ދިޔަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރު ކުރީ ފަތާފައި ގޮއިދޫން ފެހެންދޫއަށް ދިއުމަށް ފަހު އެނބުރި ގޮއިދުއަށް ދަނިކޮށް ފަޅުތެރެއިންނެވެ.

އުމުރުން 40 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރު ކުރި އިރު އަތޮޅުތަކުގެ ބައެއް ސަރަހައްދުތަކަށް ވެސް މިހާރު ވަނީ ކޮވިޑް-19 ފެތުރިފަ އެވެ.