ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އުފެއްދި ވައިރަހެއްގެ ތުހުމަތު އެމެރިކާގެ އިންޓެލިޖަންސުން ދޮގުކޮށްފި

May 1, 2020

ވޮޝިންގްޓަން (މެއި 1) - ކޮވިޑް-19 އަކީ އިންސާނުން އުފެއްދި ބައްޔެއް ކަމަށް ކުރަމުންދާ ތުހުމަތުތައް އެމެރިކާގެ އިންޓެލިޖެންސުން ދޮގު ކޮށްފި އެވެ.

ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސުން ބުނީ ކޮވިޑް-19 އުފަން ވިގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން، އެ ވައިރަސް އުފަންވީ ޖަނަވާރުންގެ ފަރާތުންތޯ ނުވަތަ ލެބޯޓަރީ އެކްސިޑެންޓަކުންތޯ ބަލަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ، ކޮވިޑް-19 އުފެއްދީ ޗައިނާގެ ލެބޯޓަރީއެއްގައި ކަމަށާއި، އެކަމުގެ ހެކި ވެސް އެމަނިކުފާނަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.

ޗައިނާ އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ޓްރަމްޕް އެފަދަ ތުހުމަތުތައް ކުރައްވަނީ، ކޮވިޑް-19 އާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ނުކުޅެދުމުން، އެކަން ފޮރުވަން ކަމަށް ވެސް ޗައިނާ އިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ އިންޓެލިޖެންސުން މިގޮތަށް ބުނެފައި ވަނީ ކޮވިޑް-19 އަކީ ބަޔޮލޮޖިކަލް ހަތިޔާރެއް އުފައްދަން އުޅުމުގެ ނަތީޖާ ކަމަށް ބުނެ ޗައިނާ އާއި އެމެރިކާ އާ ދެމެދު ތުހުމަތުތައް ބަދަލު ކުރެވުންދާ ދަނޑިވަޅެއްގަ އެވެ.

މިދިއަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު އެ ވައިރަސް، މިހާރު މުޅި ދުނިޔެއަށް ފެތުރިފައި ވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3.2 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 231،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.