ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖަޕާން

ޖަޕާނުން ރާއްޖެއަށް ނުވަ މިލިއަން ރުފިޔާ ދީފި

May 2, 2020

ޖަޕާން ސަރުކާރުން ޔުނިސެފާއި ރެޑް ކްރެސެންޓް މެދުވެރިކޮށް ރާއްޖެއަށް އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީ ވާން ޔުނިސެފް މެދުވެރިކޮށް 5،634،468 ދިވެހި ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 ދިވެހި ރުފިޔާ ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ.

މި އެހީ ބޭނުން ކުރާނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ބޭނުންވާ ސިސްޓަމްތައް ގާއިމް ކުރާށެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމެވެ. އެ ގައުމުން ވަނީ ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްޤީގެ އިތުރުން މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރު ކޮށްދީފަ އެވެ.