އެމްޑީޕީ

ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓަކު މަރުވެއްޖެ

May 2, 2020
1

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓަކު މަރުވެއްޖެ އެވެ.

އެމްޑީޕީން ބުނީ ހދ. ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބިފައިވާ ހުސްނުބާން އަބްދުއްރަހުމާން މަރުވުމާއި ގުޅިގެން ހުސްނުބާންގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށެވެ.

"ލިބިފައިވާ ފުން ހިތާމާގައި ބައިވެރިވެ، ހުސްނުބާން އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާކުރަން." އެމްޑީޕީގެ ޓްވީޓްގައި ވެއެވެ.

ހުސްނުބާން އަބްދުއްރަހުމާން މަރުވުމާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކައުންސިލް އިންތިހާބު ނުބޭއްވުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. އެ އިންތިހާބު އަންނަ އަހަރުގެ ޖަނަވަރީ ހަވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ނިންމާ މަޖިލީހަށް ހުށައެޅި ބިލް ވަނީ ފާސް ކޮށްފަ އެވެ.