އެކްސިޑެންޓް

މާލޭ މަގުމަތީ ހޭނެތިފައި އޮތް އަންހެނަކު ފެނިއްޖެ

May 2, 2020
11

މާލޭގެ މަގެއް މަތީގައި ހޭނެތިގެން ވެއްޓިފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.

ފުލުހުން މިރޭ ބުނީ މެންދަމު 3:30 އެހާ ކަންހާއިރު ޗަމްޕާ މަގަށް އަންހެނަކު ވެެއްޓިފައި އޮއްވާ ފެނުނު ކަމަށާއި އެ މީހާގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް ބެލި އިރު އެވަގުތު އެމްބިއުލާސްތައް ބިޒީ ވެފައި ވާތީ ފުލުހުންހެ ވެހިކަލްގައި އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭ ނާރާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ބުނީ ފަތިހު 4:30 އެހާކަންހާއިރު ދިވެހި އެ އަންހެން މީހާ ހޮސްޕިޓަލުގައި އޮވެ ހޭ އަރާފައިވާ ކަމަށާއި އޭނާއަކީ 18 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެ ހާދިސާ ތަހުގީގުކޮށް ބަލަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.

މި އަންހެން މީހާ ހޭ ނެތިފައި އޮއްވާ ފެނުނު އިރު ކޮވިޑް-19 އާއެކު ވަރަށް ގިނަ ބަޔަކު ބިރުގަނެ ނަފުސާނީ މައްސަަލަތައް ދިމާވެ ހެއަށް ގޮތްވުމާއި ފިޓްޖެހުން ފަދަ ކަންކަން ވަމުންދާ ކަމަށް ވެއެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ބިދޭސީން ހިމެނޭ ކަމަށް ވެސް ވެއެވެ.