ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ ޕޮޒިޓިވް އަދަދު 519 އަށް

ރާއްޖެއިން ކޮވިޑް-19 އަަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 514 އަަށް އަރައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ އިތުރު 23 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ބައްޔަށް ޕޮޒިޓިވްވެފައިވާ 23 މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެއީ 17 ދިވެހިންނެވެ.

ދެން ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި އިންޑިއާ މީހަކާއި ނޭޕަލް މީހެކެވެ.

ހުކުރު ދުވަހުވެސް ވަނީ 23 މީހަކު ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ބުނީ އިއްޔެ ޕޮޒިޓިވްވީ 12 ދިވެހިންނާއި ބަންގަލްދޭޝްގެ ނުވަ މީހަކާއި އިންޑިއާ ދެ މީހެކެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.