ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަފްޣާނުގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރިފައިވާކަމުގެ ބިރު

May 3, 2020

ކާބުލް (މެއި 3) - އަފްގާނިސްތާނުގައި ކުރިން ލަފާކުރެވުނު މިންވަރަށް ވުރެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މުޖުތަމައުގެ ތެރޭގައި އެ ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް، ވެރިރަށް ކާބުލްއިން ރެންޑަމްކޮށް ޓެސްޓުކުރި 500 މީހުންގެ ތެރެއިން 150 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ވެރިރަށުން އެހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވަން ވީހާވެސް ގިނަ ވަގުތު ރައްޔިތުން ގޭގައި ތިބުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އަފްގާނިސްތާނުގައި މިހާތަނަށް ގާތްގަނޑަކަށް 12،000 އެއްހާ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 2،700 ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ.

ވެރިރަށް ކާބުލްގެ އިތުރުން އަފްގާނިސްތާނުގެ ބޮޑެތި ސިޓީތައް ވަނީ ލޮކްޑައުންކޮށްފަ އެވެ.