ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަބްސިޑީއާއެކު ގޭބިސީތަކުގެ ކަރަންޓު ބިލުތައް ކުޑަވެއްޖެ

May 4, 2020
1

ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން ދިމާވެފައިވާ ދަތި ކަމަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން، ކަރަންޓު ބިލް ތަކަށް ސަރުކާރުން ދިން ސަބްސިޑީއާއެކު، ގޭބިސީތަކުގެ މި މަހުގެ ބިލް ކުޑަވެއްޖެ އެވެ.

ސަރުކާރުން ވަނީ މިމަހާއި އަންނަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓު ސަބްސިޑައިޒް ކޮށްދޭނެ ކަމަށް ބުނެފަ އެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ގިނަ ބަޔަކަށް ގެއްލުންވެފައިވާތީ ލުއިތަ ކެއް ދިނުމުގެ ގޮތުންނެވެ. މިގޮތުން މި މަހާއި އަންނަ މަހުގެ ކަރަންޓު ބިލް ތަކަށް ޑިސްކައުންޓެއް ދޭން ވަނީ ނިންމާފަ އެވެ.

ކަރަންޓު ބިލަށް ސަރުކާރުން ދިން ލުއިތަކާއެކު، ސޯޝަލް މީޑިޔާގައި ބައެއް މީހުން ދަނީ ބިލްތައް ހިއްސާކޮށް އުފާ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ހުރި ބައެއް ބިލްތަކަށް ބަލާއިރު، 1،218.94ރ. އަރާފައިވާ ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓާއެކު ވަނީ 487.58ރ. ކުޑަ ވެފަ އެވެ. މިއާއެކު މިހާރު ބިލަށް ދައްކަން ޖެހޭނީ 731.36ރ. އެވެ. ބައެއް މީހުން 40 ޕަސެންޓުގެ ޑިސްކައުންޓް ދިނުމުން 200ރ. ވަރު ވެސް ދައްކަން ޖެހިފައިވެ އެވެ.

ގޭގޭގެ ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދިން ނަމަވެސް ވިޔަފާރިތަކުގެ ބިލްތަކަށް މި ޑިސްކައުންޓެއް ދީފައެއް ނުވެ އެވެ. ސްޓެލްކޯ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓު ބިލްގެ ރީޑިން ނަގަން ދިއުމުގެ ބަދަލުގައި ކަރަންޓު މީޓަރުގެ ފޮޓޯއެއް ފޮނުވައިދޭން އެދިފަ އެވެ. މި ފޮޓޯ އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވޭނެ އެވެ. އެގޮތުން މާލެ ސަރަހައްދުގެ ކަސްޓަމަރުންނަށް ބިލް ލިބިގެން ދާނީ މެސެޖު މެދުވެރިކޮށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ބައެއް މީހުންނަށް އެވްރެޖު ބިލެއް ލިބުނު ނަމަވެސް، މީޓަރުގެ ފޮޓޯއެއް ފޮނުވުމުން އެކިއުރޭޓް ބިލް ލިބިގެންދާނެ ކަމަށެވެ.

ސްޓެލްކޯ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނީގެ 164 މުވައްޒަފުން ސްޓެލްކޯގެ ތެރޭގައި ލޮކްޑައުންކޮށް، ހިދުމަތް ދޭން ފަށާފަ އެވެ.