ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކަރަންޓުގެ މައްސަލަ

ބަހާލައިގެން ކަރަންޓު ބިލު ދައްކަން ހުޅުވާލައިފި

Jul 5, 2020

މާލީ ހާލަތު ހުރި ގޮތުން މިދިޔަ ހަތަރު މަހުގެ ކަރަންޓު ބިލް ދައްކަން ދަތިވާ ފަރާތްތަކުން ފައިސާގެ އަދަދު ބަހާލައިގެން ބިލުތައް ދައްކަން އެދުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލައިފި އެވެ.

އެއީ މާޗު މަހާއި އޭޕްރީލް، މެއި އަދި ޖޫން މަހުގެ ކަރަންޓު ބިލެވެ.

ސްޓެލްކޯއިން މިއަދު ބުނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން މާލީ ހާލަތު ދަށްވެގެން ކަރަންޓު ބިލު ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކުން އެ ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސްޓެލްކޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް މިކަމަށް އެދެވެ އެވެ. އަދި އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ މައި އިދާރާގެ ކައުންޓަރުން ވެސް އެ ފޯމު ލިބެ އެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ މިއަދުން ފެށިގެން ދެ ހަފުތާއަށެވެ.

ސްޓެލްކޯގެ ފޯމުގެ ލިންކާއެކު އެ ކުންފުނިން ކޮށްފައިވާ ޓްވީޓް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިދިޔަ ހަތަރު މަހު އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް އެ ހަތަރު މަހުގެ ކަރަންޓި ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް މަސްތަކަކަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމެއް ހަމަޖައްސަން ނިންމަވާފައިވާ ކަން ވިދާޅުވެފަ އެވެ.

ބަހާލައިގެން ކަރަންޓު ބިލު ދެއްކުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސްޓެލްކޯގެ ޑޮމެސްޓިކް އަދި ވިޔަފާރި ކަސްޓަމަރުންނަށެވެ.