ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޓެލްކޯގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޑިސްއިންފެކްޝަން ގޭޓެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ބަހައްޓައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހުގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާ ބޭނުންކުރަން ފެށުމަކީ ކޮވިޑާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއަށް އިތުރުވާ ބޮޅެއް ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ގޭގެއަށް ރީޑިން ނަގަން ދިޔުމުގެ ބަދަލުގައި މީޓަރުގެ ފޮޓޯ ވެރިފަރާތުން ފޮނުވުމުން ބިލް ތައްޔާރު ކޮށްދޭ ގޮތް ހަދާފަ އެވެ. އަދި އެ އޮފީހަށް އަންނަ ފަރާތްތަކުގެ ރޯގާގެ އަލާމާތެއް ހުރިތޯ އާއި ހުން ބަލާފައި ނޫނީ އެތެރެއަށް ނުވައްދާ ގޮތްވެސް ވަނީ ހަދާފަ އެވެ.

ސްޓެލްކޯ އިން ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް މީގެ ކުރިން އަމިއްލަ ފަރާތަކުން ވަނީ ހުޅުމާލޭގައި ހުރި އޭނާގެ ފިހާރައިގައި އެފަދަ ގޭޓެއް ބަހައްޓާފަ އެވެ.