ބޭރު ކުޅިވަރު

ރާމޯސް އަށް ވެސް އަނިޔާވެއްޖެ

Sep 17, 2015

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ވެސް އަނިޔާވެ ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުންނަންޖެހިއްޖެ އެވެ.

އިތުބާރު ޑިފެންޑަރުގެ ވާތު ކޮނޑުހުޅު ނެއްޓުނީ ޗެމްޕިއަންސް ލީގުގައި ޝަކްޓާ ޑޮނެސްޓް އަތުން 4-0 އިން ރެއާލް މޮޅުވި މެޗުގަ އެވެ.

ކުލަބުން ބުނީ ސްކޭންތަކުން ދައްކާގޮތުން ކޮނޑު ހުޅުވަނީ ނެއްޓިފައިކަމަށާއި މިއަނިޔާ ރަނގަޅުވެގެން ރާމޯސް އަށް ދަނޑަށް ނުކުމެވޭތީ ކިހާދުވަހަކުންކަން ބުނަން ނޭނގޭ ކަމަށެވެ.

އެ މެޗުގައި ރެއާލްގެ ގެރެތް ބޭލް އަށް ވެސް ވަނީ ހާނިއްކަވެފަ އެވެ.

ރެއާލްގެ ކޯޗު ރަފާ ބެނީޓޭޒް ބުނީ މުހިންމު ކުޅުންތެރިންނަށް ކުޅެވޭގޮތްނުވުމަކީ ދެރަ މައްސަލައެއް ކަމަށާއި ނަމަވެސް ޒުވާން ކުޅުންތެރިން ބޭނުންކޮށްގެން އެތަން ފޫބައްދަން މަސައްކަތްކުރާނެ ކަމަށެވެ.