އިދިކޮޅު ފަރާތްތައް

ކައުންސިލަރުންގެ ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް

އިދިކޮޅު ކޯލިޝަންގެ ބޭފުޅުން -
0%
0%
100%

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" އަކީ ގާނޫނު އަސާސީއާއި ކަނޑައެޅިގެން ހިލާފަށް މަޖިލީހުން ފާސްކުރުމަށް ހުށައަޅާފައިވާ ބިލެއް ކަމަށާ އެ ބިލަކީ ގާނޫނު އަސާސީއާއި ހިލާފު ބިލެއް ކަަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ކައުންސިލްތަކުގެ ދައުރު ކަނޑައެޅި ބަޔާންވެފައިވަނިކޮށް މަޖިލީހުން ފާސްކުރާ އެހެން ގާނޫނަކުން ގާނޫނު އަސާސީގެ މާއްދާއެއް ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީއާއި ހިލާފަށް ފާސްކުރާ ކޮންމެ ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގެ ފަރުވާ ހޯދަންޖެހޭ ތަނަކީ ސުޕްރީމް ކޯޓް ކަމަަށާ ނުވަތަ އެކަން ކުރަން ޖެހޭނީ ގާނޫނު އަސާސީގައި ބުނެފައިވާ އުސޫލުތަކާއި އެއްގޮތަށް ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

އެ ކޯލިޝަނުން ބުނީ މަޖިލީހަށް ހުށައަޅާ އިއްޔެ އެ މަޖިލީހުން ބަލައިގެން ބިލަކީ ދުސްތޫރީ ނިޒާމުގައި ހަމަޖެހިފައިވާ އުސޫލުތަކާއި އަސާސްތައްް ގަޑުބަޑުކުރުމުގެ ބޭނުމުގައި ހުށައަޅާފައިވާ ބިލެއް ކަމަށެވެ.

"އަދި އެ ބިލަކީ ގާނޫނު އަސާސީއަށް ގޮންޖަހާ، މަޖިލީހުގައި އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ނާޖައިޒު ފައިދާ ނަގައި، ތިމާމެން ބޭނުންވާ ގޮތަކަށް އިންތިހާބުތަކާއި ކުޅުމުގެ ދޮރު ހުޅުވުމުގެ ފުރުސަތު ހޯދުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް މި ކޯލިޝަނުން ގަބޫލުކުރަން. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އިންތިހާބުތަކުގެ އުސޫލުތަކާއި ތައާރުޒުވާ ފަދަ ގާނޫނުތައްް މަޖިލީހުން ފާސްކޮށް އިންތިހާބުތަކުގެ ދައުރަށް ބަދަލު ގެނައުމަކީ ބަލައިގަންނާނެ ކަމެއް ނޫން."

އިދިކޮޅު ކޯލިޝަނުން ވަނީ މި މަސައްކަތަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ކުރައްވާ މަސައްކަތެއް ކަމަށް ތުހުމަތުކުރައްވާ އެކަން ހުއްޓާލުމަށްވެސް ގޮވާލާފައެވެ. އަދި އެ ބިލަކީ ގާނޫނު އަސާސީއާއި ހިލާފު ބިލެއް ކަަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑީއެޗް-11

ސްޕްރީމް ކޯޓު ފުރާޅުން ޓިނުނަގާ ބޮޑުތަޅު އެޅުވި އައްޗެބާ ބައިގަނޑު މިދަނީ ސްޕްރީމް ކޯޓަށް ކިހިނެތްވާނެބާ؟

އަލީރާޖާ

މަޖިލީހުން ފާސްނުކުރާ ބިލެއްގެ މައްސަލަ ސުޕްރީމްކޯޓަކަށް ނުބެލޭނެ. ގާނޫނު އަސާސީގައި ސާފުބަހުން ލިޔެފައި އޮތް އެއްޗެއް އެއްވެސް ކޯޓަކަށް ބަދަލެއްވެސް ނުކުރެވޭނެ. ގާނޫނެއްގައި ލިޔެފައި އޮތް އެއްޗެއްވެސް ކޯޓަށް ބަދަލު ކުރެވޭނީ ގާނޫނު އަސާސީ އާއި ޚިލާފުވާ ނަމަ އެ ޚިލާފުވީ ބައެއް އެކަނި. ކޯޓަކީ ގާނޫނު ހަދާތަނެއް ނޫން. ތިޔަ ބޭފުޅުންގެ ވެރިކަމުގައި ކުޅުނު ކުޅިގަޑު އަދިވެސް ބޮލުގައި ތިހިރީ ހަރުލާފައި.

ާައަދުރޭ

މިނޫނީ ކޯޓުން ވެރިކަން ހޯދަން އުޅޭ ބަޔަކުނޫޅޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345