ބޭރު ކުޅިވަރު

ބަޔާން މޮޅުވެ، ބާސެލޯނާ އަށް ޕޮއިންޓެއް

Sep 17, 2015

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ބަޔާން މިއުނިކް މޮޅުވެ، ބާސެލޯނާ އާއި ރޯމާ އެއްވަރުވެއްޖެ އެވެ.

ބަޔާން މޮޅުވީ އޮލިމްޕިއާކޯސްއާ ވާދަކޮށް 3-0 އިންނެވެ. ތޯމަސް މުލާ ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ މާރިއޯ ގޮޓްޒާ އެވެ.

ބާސެލޯނާއިން ލުއިސް ސުއަރޭޒް 21 ވަނަ މިނިޓްގައި ގޯލު ޖަހައިގެން ލީޑް ހޯދި ނަމަވެސް ރޯމާ އަތުން މޮޅުނުވެވުނީ އޭގެ 10 މިނިޓް ފަހުން އަލެސެންދްރޯ ފޮލޮރެންޒީ ޖެހި ގޯލުންނެވެ.

މި ގްރޫޕުގައި ބަޔާން ލެވަކޫސަން އާއި ބޮރިސޯވް ކުޅުނު މެޗު 4-1 އިން ކާމިޔާބު ކުރީ ލެވަކޫސަން އެވެ.