ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލް އިން ކޮވިޑް ސްކީމުން 45 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

May 5, 2020

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ވިޔަފާރިތަކަށް ތައާރަފުކުރި "ކޮވިޑް ރިކަވަރީ ސްކީމް" ގެ ދަށުން ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިހާތަނަށް 45 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި ވިޔަފާރި ތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ މި ސްކީމުން 35 ވިޔަފާރިއަކަށް މިހާތަނަށް ލޯނު ދީފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބީއެމްއެލް އިން ފައިނޭންސްކޮށް ދެނީ ރިސޯޓްތަކުގެ އިތުރުން، އަހަރެއްގެ މައްޗަށް ޓާންއޯވާ 10 މިލިއަނަށް ވުރެ މަތިން ލިބޭ ވިޔަފާރި ތަކަށެވެ.

ބީއެމްއެލް އިން ބުނީ މިހާތަނަށް އެ ބޭންކުން އިވެލުއޭޓް ކުރުމަށްފަހު ފިނޭންސް މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 63 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަމަށެވެ.

"މީގެ ތެރެއިން ބޭންކަށް އަނބުރާ ލިޔުން ފޮނުވާފައިވާ ކަސްޓަމަރުންގެ ތެރެއިން 34 ކަސްޓަމަރަކަށް 45 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކުރެވިފައި. ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަންބުރާ ފޮނުވަންޖެހޭ،" ބީއެމްއެލް އިން ބުނެ އެވެ. އެ ބޭންކުން ވަނީ މި ލިޔުންތައް ފުރިހަމަ ކުރުމަށްފަހު އަވަހަށް ބޭންކް އަށް ފޮނުވަން އެދިފަ އެވެ.

ބޭންކް އިން ދޭ މި ފައިނޭންސް ސްކީމު ދޫކުރަނީ އަހަރަކު 6 ޕަސެންޓުގެ އިންޓެސްޓުގަ އެވެ. މި ފައިނޭންސިން އަނބުރާ ދައްކަން މަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބެ އެވެ. އަދި ލޯނު ދައްކަން ހަލާސް ކުރަން ތިން އަހަރު ދޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ފަރާތްތަކުގެ ތެރޭގައި ބީއެމްއެލް ހިމެނެ އެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގައި ހުރި ހުރިހާ ލޯނެއް ފަސްކޮށްދީފަ އެވެ.