ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްޓީސީސީ

އެމްޓީސީސީގެ މުވައްޒިފެއްވެސް ޕޮޒިޓިވެއްޖެ

ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީގެ މުވައްޒިފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދުގެ މިހާތަނަށް 45 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމްޓީސީސީގެ މުވައްޒިފުވެސް ހިމެނެނީ މީގެ ތެރޭގައެވެ.

އެކަމާއި ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ ހުރިހާ މުވައްޒަފުންވެސް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރީ ސަފުގައި ތިބެގެން ރައްޔިތުންނަށް ކޮށްދެމުން ގެންދާ ހިދުމަތްތައް ފާހަގަ ކުރައްވާ ކަމަށެވެ.

އަދި އެ ކުންފުނިން ފޯރުކޮށްދޭ އާންމު ހިދުމަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ހާއްސަ އުސޫލުތަކެއް ތަކެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މުވައްޒިފަކުވެސް ހިމެނެއެވެ. އެކަމާއި ގުޅިގެން އެސްޓީއޯގެ ފިހާރަތަކާއި، ގުދަންތައް އަދި މުވައްޒިފުން ތިބޭ ތަންތަން ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

މީގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުުންގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނާއި، ސިފައިންނާއި އެ ނޫން މުއައްސަސާތަކުގެ މީހުންވެސް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދެއެވެ.