ކަރަންޓީނު ކޮށްފައި ތިބި ބަޔަކު ފިލައިފި އެވެ. ފިލާފައި ވަނީ ހެރެތެރެ ރިސޯޓްގައި ކަރަންޓީނު ކޮށްފައި ތިބި ފަސް ފިރިހެނުންނެވެ.
ފުލުހުން ބުނީ އެ ރިޕޯޓް ލިބުމާއެކު ކުރި މަސައްކަތުން ފިލި މީހުންގެ ތެރެއިން އެކަކު ހޯދިފައިވާ ކަމަށެވެ. އަނެް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މިއީ މިފަދަ ގޮތަކަށް ކަރަންޓީނު ފެސިލީޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ބައެއް ރިސޯޓްތައް ބަން ދުކޮށްފައި ވަނިކޮށް ރިސޯޓްތަކުން މީހުން ވަގަށް ފޭބުމުގެ ސަބަބުން ހައްޔަރު ކޮށްފައި އެބަ ހުއްޓެވެ. އަދި ވަގަށް ރަށްރަށަށް އަރަނިކޮށް ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ.
ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ވެސް މީހަކު މީގެކުރިން ހައްޔަރު ކޮށްފައިވެ އެވެ. އަދި ބައެއް މީހުން ސާމްޕަލް ދޭން ދެކޮޅު ހެދުމުން ކޯޓުން އަމުރު ނެރެން ވެސް ޖެހިފައިވެ އެވެ.