ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

"ލޮކްޑައުންގެ ތެރޭގައި ޕީކެއް އައުމަކީ ނާދިރު ކަމެއް"

ބަލިމީހަކު އެމްބިއުލާންސްއަށް އަރުވަނީ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
14.3%
0%
85.7%

ލޮކްޑައުންގެ ތެރޭގައި ޕީކެއް އައުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެއް ދުވަސް ތެރޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެންނާނީ މަސް ނިމޭއިރު ކަމަށް އެންއީއޯސީގެ ބައެއް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އަދި އެ ދުވަހު 6،000 ޕޮޒިޓިވް ކޭސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެވިފައިވާ ކަމަށްވެސް އެ ޑޮކްޓަރުން ވިދާޅުވިއެވެ.

މިިދިޔަ މަހުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭ 191 ކޭސް ވަނީ ފެނިފައެވެ. އެއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކްޑައުން ތެރޭގައި ޓްރޫ ޕީކެއް ފެނުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ. މި ހާލަތުގައި ހަމައެކަނި ޕީކަށް ދާނީ ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ތަނަކުން އެއް ފަަހަރާ ގިނަ ބަޔަކު ޕޮޒިޓިވްވުން ނުވަތަ މުއައްސަސާއެއްގެ އެންމެން ކަހަލަ ގޮތަކަށް ޕޮޒިޓިވްވުން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ލޮކްޑައުން ތެރޭގައި ޓްރޫ ޕީކެއް ފެނުމުގެ ފުރުސަތު ހަގީގަތުގައި ކުޑަވާނެ. އެހެން ނަމަވެސް އަޅުގަނޑުމެން މިކިޔާ ގިނަ ކޭސްތަކޭ މި ކިޔަނީ މިހާރު ބަލަމުންދާ ކްލަސްޓާތަކުގެ ތެރެއިން ކުއްލިއަކަށް ބިދޭސީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެއް ތަނެއްގައި އުޅޭ ނުވަތަ ކައިރިކައިރީގައި އެއް ހިސާބުގަނޑަކުން ބައިވަރި ކޭސްތައް ފެނި ނޫނީ ބައިވަރު މީހުން އުޅޭ މުއައްސަސާއަކުން މީހުން ފެނި އެކަހަލަ ސިނާރިއޯއެއްގެ ވާހަކަ. ހަގީގަތުގައި ޓްރޫ ޕީކޭ މި ކިޔާ ޕީކް މިއީ ލޮކްޑައުންގެ ބޭރުގައި އިންނަ ޕީކޭއް." އަފްޒަލް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ އޮތީ ލޮކްޑައުން ކޮށްފައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.

ލޮކްޑައުން ކުރީ މާލެއިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭގެ ފަހުން އެތައް ސަތޭކަ ބަޔަކު މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 600 ވުރެ މައްޗަށް ގޮސްފައެވެ.

ޓެގް ޓީމުން ވަނީ ކުރިއަށް އޮތީ ޕޮޒިޓިވް ކޭސްތައް އިތުުރުވެދާނެ ދެ ހަފްތާ ކަމުގައި ބުނެފައެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހްމަދު

ލޮކްޑައުން ގެނައުމުން، ބަލިޖެހޭ މީހުންގެ އަދަދު ދިޔައީ އިތުރުވެގެން. ލޮކްޑައުންގެ ސަބަބުން ތާޒާ ވައި، އިރުގެ އަވި، އަދި ރަނގަޅުކާނާ ނުލިބުމުން މީސްތަކުން ގެ ދިފާއީ ނިޒާމު ދަށަށް ދިޔައީ.

ނޫނޭ މޮޅު

ކުރިއަކުން ނުދެނެހުރިން މިކަމުގައި ޓްރޫ ޕީކަކާ ފޯލްސް ޕީކަކާ "އިންނަ" ކަމެއް! ހާދަހާއޭ ދިވެހި ޑޮކްޓަރުން މޮޅީ.

ޑރ

ކޮން ގައުމެއް ލޮކްޑައުން ނުކޮށް އޮތީ؟ ކޮން ގައުމެއް ތިޔަ ބުނާ ޓްރޫ ޕީކަށް ދިޔައީ؟ ޓްރޫ ޕީކް އަތުޖައްސަން 6 ހާސް މީހުން ފައްސިކުރަން ފުރަތަމަ ކުރަންވީކަމަކީ ލޮކްޑައުން އުވާލުން. އިމަޖެންސީ ސެންޓަރުން ވާހަކަ ދައްކާ އެންމެން އެކައްޗެއް ކިޔަން އެ ބަޖެހޭ

އަލި

އެކިރޭ އެކި ވާހަކަ ކިޔަނީ .. ބޯހަލާކު

ަހަވާ

ވީމާ މިހުރިހާދުވަހު ރައްޔިތުން ބަންދުކޮއް އުފުލަން ޖެއްސިވޭން ބޭކާރުވެއްޖެކަމައް އެބުނަނީ

ގަމަރިއްޔާ

ކަލޯ ޕީކަށް ނާރުވަންވެގެން ލޮކްޑައުންކުރަނީ! ގަމާރު ވިޔަސް ބޮޑުވަރު!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910