ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މުސާރަ 32 ޕަސެންޓް ކުޑަކޮށްފި

ސަރުކާރު ކުންފުނިތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބަވާ، މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިން 32 ޕަސެންޓް ކުޑަކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތަށް އިތުރު އާމްދަނީއެއް ނުލިބި، މިހާރުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ އިތުރު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ގެންނަ އެއް ބަދަލަކީ އެމްޑީއިން އިންނާއި ޑީއެމްޑީއިންގެ އަސާސީ މުސާރައިން 20 ޕަސެންޓް ކުޑަކޮށް، މީގެ އިތުރުން ބޯޑު އެލަވަންސް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު ކުންފުނިތަކުގެ އެމްޑީއިން ނާއި ޑީއެމްޑީއިންގެ މުސާރައިން 32 ޕަސެންޓް ކުޑަ ވެގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މުސާރަތައް ކުޑަކޮށްފައިވާތީ، ކުންފުނިތަކާ ވާހަކަ ދެއްކުމަށްފަހު، ބޯޑުން ނިންމައިގެން، މިހާރުގެ ހާލަތުން އެބަޖެހޭ ދައުލަތުގެ ފައިނޭންސް މެނޭޖު ކުރެވޭނެ ގޮތްތަކެއް ހޯދަން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރަ ކުރިން 20 ޕަސެންޓް ކުޑަ ކުރަން ނިންމި، ނަމަވެސް މި އަދަދު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ

ސަރުކާރުގެ އެންމެ އިސްކޮށް ތިއްބެވި މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު، 20،000-25،000ރ.ގެ މުސާރަ ލިބޭ މީހުންގެ މުސާރައިން 20 ޕަސެންޓް އަދި 30،000ރ. އާއި 60،000ރ. މަތީން މުސާރަ ލިބޭ މީހުންގެ މުސާރައިން 35 ޕަސެންޓް ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން މި ކެޓަގަރީ އިން ދަށުގެ މުސާރަތައް ކެޕް ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު 10،000ރ. ގެ ބޭސިކް މުސާރައެއް ލިބޭ މުވައްޒަފެއްނަމަ ގެއަށް ގެންދަން އެލަވަންސްތަކާއެކު ލިބޭނީ 25،000ރ. ކަމަށެވެ.