ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އީ ސްޓޯރުން ހޯލްސޭލް ކުރަން ފަށައިފި

އެސްޓީއޯ އީ ސްޓޯރުން ހޯމް ޑެލިވަރީތައް ހުއްޓާލައި ހޯލްސޭލް ކުރަން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ އީ ސްޓޯރުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ހިދުމަތުގައި ހަރަކާތެރިވި ގިނަ މުވައްޒަފުންތަކެއް މިވަގުތު ކަރަންޓީނުގައި ތިބެން ޖެހިފައިވުމުން އީ ސްޓޯރުން ދެމުން ގެންދިޔަ ހިދުމަތްތައް މެދުކަނޑާލައި ބާވަތްތައް ރައްޔިތުންނަށް ފޯރު ކޮށްދޭން ފިހާރަތަކަށް ހޯލްސޭލް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ހޯލްސޭލް ކުރަން ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ރެއަކު ވެސް 9:00 އިން ފެށިގެން އޯޑަރު ނަގާނެ ކަމަށެވެ.

އޯޑަރު ނަގާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ހޮވާލެވޭ ވަކި ބާވަތްތަކުންނެވެ. އޯޑަރު ކުރެވޭނީ މަދުވެގެން ފަސް ބާވަތަކަށް އަދި ގިނަވެގެން 30 ބާވަތަކަަށެވެ.

ހޯލްސޭލްކޮށް މުދާ ގަންނަ ފަރާތާއެކު ނަގުދު ފައިސާގެ މުއާމަލާތެއް ނުހިންގާނެ އެވެ. މުދަލަށް ފައިސާ ބަލައިގަންނާނީ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ. އަދި ކޮންމެ ޑެލިވަރީ އަކަށް ނަގާނީ 50 ރުފިޔާ އެވެ.