ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކުރިން ލަފާކުރި ވަރަށްވުރެ ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މަދުވާނެ

ކުރިން ލަފާކުރި ވަރަށްވުރެ ރާއްޖެއިން ކޮވިޑްގައި މަރުވާނެ ކަމަށް ލަފާކުރާ މީހުންގެ އަދަދު މަދުވާނެ ކަމަށް ޑރ. ޝީނާ މޫސަ ވިދާޅުވެއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ ވަނީ ރާއްޖޭގައި މިވަގުތު ކޮވިޑްގެ ހާލަތު އޮތް ގޮތާއި އަދި އެ ހާލަތު ބަދަލުވެދާނެ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާފައެވެ.

ޑރ. ޝީޒާ ވިދާޅުވީ ކުރިން އަންދާޒާ ކުރެވުނީ ރާއްޖޭގެ ހާލަތު ގޯސްވެގެން ގޮސްފިނަމަ 2،000 މީހުން މަރުވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ވަރަށް ބޮޑުތަން މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޝީޒާ ވިދާޅުވިއެވެ.

"ޕްރޮޖެކްޝަންތަކުން ދައްކާނަމަ ކުރިއަށްވުރެ ބޮަޑަށް ހާސް ރެޑިއުސްކުރެވޭނެ. އަދި އަޅުގަނޑު މި ދަންނަވަނީ މިހާރުގެ މި ޕްރޮޖެކްޝަންގައި ގާތްގަނޑަކަށް އެބަ އުޅޭ، ކުރީގައި އަޅުގަނޑުމެން އެސްޓިމޭޓްކުރީ، އެންމެ ފުރަތަމަ ކޮމިއުނިޓީސްޕްރެޑް ފެށިގެން އުޅުނުއިރު ގާތްގަނޑަކަށް ޓޫތައުޒަންއޭ. އެކަމަކު މިހާރުގެ މި އެސްޓިމޭޓުން ނައިން ހަންރެޑް. އެކަމަކު އަނެއްކާވެސް ޕޮއިންޓަކީ އަޅުގަނޑުމެންނަށް ސިސްޓަމް ބާޑަންނުވެ މީތި މެނޭޖް ކުރެވިއްޖެނަމަ އެވަރަށް ނިޔައެއް ނުވާނޭ. ޝީޒާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވަނީ ލޮކްޑައުންއާ ގުޅިގެން ކުރިން ލަފާކުރި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދު އަދިވެސް ބޭނުންވާ މިންވަރަށް ދަށް ނުކުރެވޭ ކަމަށާ މި ހާލަތުގައިވެސް 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޝީނާ ވަނީ މި ހާލަތުގައި ޕީކަށްދާ ދުވަހު ރާއްޖޭގެ ހާލަތު އޮންނާނެ ގޮތުގެ ތަފްސީލްވެސް ހިއްސާކޮށްފައެވެ.

ޕީކް ޑޭ ގައި 1،562 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާ ނަމަވެސް ޓެސްޓް ކުރެވޭ ކެޕޭސިޓީއަށް ބަލާއިރު އެ ދުވަހު ދެނެގަނެވޭނީ 390 ކޭސް ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަދަދަކީ މިހާތަނަށް އަދި ރާއްޖެއިން އެއްވެސް ދުވަހެއްގައި ޕޮޒިޓިވްވެފައިވާ މިންވަރެއް ނޫނެވެ. މިދިޔަ ބުރާސްފަތި ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު އެއް ދުވަހާ ޕޮޒިޓިވްވީ ދުވަހެވެ. އެ ދުވަހު 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ޕީކް ޑޭ ގައި ހޮސްޕިޓަލްގައި 34 މީހަކު އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިމަހުގެ 15 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 13،568 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޕީކަށްދާ ދުވަހު 12 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މިމަހުގެ ފަހު ފަނަރަ ދުވަހު 101 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.