ހުއްދަ ނުހޯދައި ށ. އަތޮޅު ފުނަދޫން ޑިންގީއެއްގައި ފުރި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަަދު ބުނީ ހުއްދަ ނުހޯދައި ފުނަދޫ ފަަޅުތެރޭގައި އޮތް ޑިންގީއެއްގައި ބަޔަކު ފުރި މައްސަލަ އެއް އިއްޔެ ހުށަހެޅި ކަމަށެވެ. އަދި އެ ޑިންްގީ އެ އަތޮޅު ޅައިމަގާ ހަމައަށް ގޮސްފައި ވަނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.
ޑިންގީގައި ތިއްބާ ހައްޔަރު ކޮށްފައި ވަނީ ދެ ފިރިހެނުންނެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.