ށ. ފުނަދޫ

ފުނަދޫ ބަނދަރުގައި އޮތް މަސް ދޯންޏެއް އަނދައިފި

Nov 4, 2022

ށ. ފުނަދޫ ބަނދަރުގައި އޮތް މަސް ދޯންޏެއް އަނދައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރޯވި "ރިއްމަސް" ދޯންޏަކީ އެރަށުގައި އެންމެ ފުޅާކޮށް މަސްވެރިކަމުގެ ވިޔަފާރި ކުރާ އާއިލާ އަށް ނިސްބަތްވާ ދޯންޏެކެވެ.

ފުލުހުން މައްސަލަ ބަލަމުންދާތީ އަލިފާނުގެ މި ހާދިސާއާ ގުޅިގެން ކައުންސިލުން ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.

މިއަދު ހިނގި މިހާދިސާގައި ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި ރައްޔިތުން ގުޅިގެންނެވެ.

އަލިފާންގަނޑު ނިއްވާލިއިރު ދޯންޏަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް އަންގާފައި ނުވާ ކަމަށެވެ.