ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުއްދަ ހޯދުމަށްފަހު ފިހާރަ ނުހުޅުވާނަމަ ފިޔަވަޅު އަޅަނީ

ފިހާރަ ހުޅުވުމުގެ ހުއްދަ ހޯދުމަށްފަަހު ބައެއް ފިހާރަތައް ނުހުޅުވާކަން ފާހަގަ ވެފައިވާ ކަމަށާ އެ ގޮތަށް އަމަލުކުރާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަަދު ބުނީ، ފިހާރަ ހުޅުވާފައި ބެހެއްޓުމަށް ބޭނުންވާ ހުއްދަަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަ ކުރެވިފަައިވާ ކަމަށެވެ. އަދި ފިހާރާގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ފިހާރަތަކުގައި ތިބޭކަމަށެވެ.

ފުލުހުން ވަނީ އެގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަަޅަން ނިންމާފަ އެވެ.

"ކުރިއަށް އޮތް ތަނުގައި މިގޮތަށް އަަމަލު ކުރާ ނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން"

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު އަސާސީ ތަކެތި ގަތުމަށް ކޮންމެ ގޭބީސީ އަކުން އެކަކަށް ފުލުހުންގެ ހުއްދަ އެއް ދޫކުރެ އެވެ. މި ހުއްދަ އާއެކު ދެވެނީ ފުލުހުން ދޭ ގަޑިއެއްގައި އެ ގެއެއް ހިމެނޭ ވަކި ސަަރަހައްދަަކަށެވެ. އެމީހަކު ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ދީފައި ވާއިރު ބައެއް ފިހާރަތައް ބަންދުކޮށްފައި ހުންނަ ޝަކުވާ އާއްމުން ކުރެ އެވެ. އަދި މީގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަމަށްވެސް ބުނެ އެވެ.

ފިހާރަތަކަށް ނިކުމެ ވިޔަފާރިކުރާއިިރު އިޖުތިމާއީ ގައިދުރުކަމަށް ސަމާލުވެ މާސްކު އެޅުމާއި އަންގި ލެއްވުމަށް ސަމާލުކަން ދޭން ވަނީ އެދިފަ އެވެ.

ރާއްޖޭން މިއަަދު މިހާތަނަށް 734 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީ އެކެވެ.