ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕީޕީއީ ލައިގެން ވައްކަން ކުރި މައްސަލައެއް

May 9, 2020

ކޮވިޑް-19އަށް ޓެސްޓް ކުރުމަށާއި އެހެން ވެސް ކަންކަން ކުރުމުގައި ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ފަދަ އެއްޗެއް ލައިގެން ވައްކަން ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ މީހަކު، ފެހި ކުލައިގެ ޕީޕީއީއެއް ލައިގެން ގެއަކުން ނުކުންނަ ތަނެވެ. އޭނާގެ އަތުގައި ސްޕްރޭ ފުޅިއެއް އޮވެ އެވެ. އޭނާ އެ ގެއަށް ވަނީ ޑިސްއިންފެކްޓް ކުރަން ކަމަށް ބުނެ އެވެ.

ފުލުހުން ބުނީ މައްޗަންގޯޅި ގެއަކަށް މިއަދު މެންދުރު މީހަކު ވަދެ ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ. މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.