ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފައިސާދެއްކި ކަމަށް ބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

ފިހާރަ އަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކި ކަމުގެ ސައްހަ ނޫން ސްލިޕެއް ފޮނުވި މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ ފިހާރައަކު ވިޔަފާރި ކުރުމަށްފަހު އޮންލައިންކޯށް ފައިސާދެއްކި ކަމަށް ބުނެ އެ ފިހާރައަށް ސައްހަ ނޫން ބެންކް ސްލިޕެއް ފޮނުވި މީހަކު ހޯދަމުންދާ ކަމަށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ އެއް ވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން ފުލުހުންނަށް ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ދަބަހެއް އަޅައިގެން ހުރި މީހަކު ފިހާރަ އަށް ވަދެ ވިޔަފާރި ކޮށްގެން ދާ ތަނެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ގިނަ ފިހާރަ ތަކުން ވަނީ ނަގުދު ފައިސާ ނެގުން މަދުކޮށް އޮންލައިން މުއާމަލާތައް ހިންގަން ފަށަފަ އެވެ. އެހެން ނަމަވެސް އޮންލައިންކޮށް ފައިސާ ދެއްކި ކަމަށް ބުނެ ބައެއް މީހުން ވިޔަފާރިވެރިންނަށް މަކަރު ހަދާ އޮޅުވާލާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި ފަހަކަށް އައިސް މިފަދަ މައްސަލަތައް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.