ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މިި ކުރެހުމަކީ "ގޭމް ޗޭންޖާ" އެއް!

ފެތުރެމުންދާ ކޮވިޑްް-19 އާ ގުޅިގެން އެތައް ކަމެއް ބަދަލު ވެއްޖެ އެވެ. މީހުން ވެސް ވިސްނުމާއި އުޅުމާއި ކަންކަމާމެދު ދެކެމުން އައި ގޮތްވެސް މެ އެވެ. މީގެ ކުރިން އަހަރުމެންނަށް މުހިިއްމު ވީ އެތައް ކަމެއް މިހާރު މުހިއްމެއް ނޫނެވެ. އަދި މުހިއްމު ނޫން ކަންކަމަށް ދުށް ކިތަންމެ ކަމެއް މުހިއްމު ވެސް ވެއްޖެ އެެވެ.

ކޮވިޑްގެ ފްރަންޓްލައިންގަައި މަސައްކަތް ކުރާ މީހުނަށް އަހަރުމެންގެ މެދުގައި ގަދަރު ކުރެވެންް ފަށައިފި އެވެ. އެއީ އިހުތިރާމާއި ލޯބި ދޭން ޖެހޭ ބައެއްކަން ޔަގީން ވެއްޖެ އެވެ. އަމިއްްލަ ފުރާނަ އަށް ބެލުމެއް ނެތި ކުރީ ސަފުގައި މަސައްކަތް ކުރާތީ އެވެ. އެ މީހުންނަށް ތައުރީފު ކުރަން ރާއްޖޭގަ އާއި ބޭރުގެ އެކި ގައުމުތަކުގައި އެކި ވީޑިއޯތަކާއި ކުރެހުންތައް ވެސްް ހިއްސާ ކުރެ އެވެ. މީގެ ތެރެއިން އެއް ކުރެހުމެއް މި ދެ ދުވަހު ސޯޝަލް މީޑިއާގައި ވައިރަލް ވި އެވެ.

އިނގިރޭސިވިލާތުގައި އެނޮނިމަސްކޮށް ސްޓްރީޓް އާޓް ކުރަހާ ބޭންްކްްސީގެ ކުރެހުމެވެ. އޭނާ ކުރަހާފަައި ވަނީ ކުޑަ ކުއްޖަކު، އޭނާގެ އަތަށް ކުޅޭ ބުދެއް ލައިގެން "އުދުއްސާ" މަންޒަރެކެވެ. އެއީ ސުޕަހީރޯ އެއް ނޫނެވެ. އެއީ ނަރުހެކެވެ. ނަރުސް ޔުނިފޯމުގައި މާސްކު އަޅައިގެން ހުރި ސުޕަހީރޯ އެކެވެ.

އެހެން ސުޕަހީރޯތައް ހުންނަ ގޮތަށް، ކޮނޑުގައި ފޮތިގަނޑެއް ވެސް އޮތެެވެ. މި ކުރެހުމަށް ބޭންކްސީ ކިޔާފައިވަނީ "ގޭމް ޗޭންޖާ" އެވެ. ކުރެހުން ގޭމް ޗޭންޖާ އަކަށް ބަދަލުވީ އެ ކުއްޖާ އިށީނދެގެން އިން އިރު ކައިރީ ހުރި ޑަސްބިނެއްގައި ސުޕަހީރޯ އިން ކަމަށް އަހަރުމެން މި ހުރިހާ ދުވަހު ދެކިގެން އުޅުނު ސްޕައިޑަމޭން އާއި ބެޓްމޭން ވައްޓާލައިފައި އޮތުމުންނެވެ.

މިއަދު ކުޑަކުދިންގެ މެދުގައި އަަސްލު ސުޕަހީރޯ އަކީ މިއީ އެވެ. ކޮވިޑް ވައިރަހާ "ފައިޓް" ކުރާ ނަރުހުންނާއި ޑޮކްޓަރުންނެވެ. އެކުދިންގެ ހިޔާލީ ކާޓޫނުތަކުގައި އުޅޭ ސުޕަހީރޯތައް މުހިއްމެއް ނުވި އެވެ.

ބޭންކްސީގެ ކުރެހުން މިހާރު ވަނީ ޔޫކޭގެ ޔުނިވާސިޓީ ހޮސްޕިޓަލް ސައުތުއެމްޓަންއަަށް ހަދިޔާ ކޮށްފަ އެވެ. ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ކުރެހުން ހޮސްޕިޓަލަށް ހަދިޔާ ކުރުމަށްފަހު ބޭންކްސީ ނޯޓެއް ފޮނުވާފައި ވެއެވެ. އެ ނޯޓުގައި އެމީހުން ކުރާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށާއި އެއީ ކަޅާ ހުދުގެ ކުރެހުމެއް ކަމުގައި ވިޔަސް ހޮސްޕިޓަލަށް އަލިކަމެއް ގެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައި ވެ އެވެ.

އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިިވް ޕައުލާ ވަނީ އެ ކުރެހުން ފްްރޭމްކޮށް ހޮސްޕިޓަލުގައި ހަރުކޮށްފަ އެވެ. އަދި އެއީ މިކަހަލަ އުނދަަގޫ ވަގުތުތަކުގައި އެންމެންގެ ވެސް ހިތްވަރު އާވާކަހަލަ ކުރެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބެންކްސީ އަކީ ދުނިޔޭގައި ހިނގާ ކަަންކަމަށް ފޯކަސްްކޮށް އެކި ދުވަސްވަރު ކުރެހުންތައް ގެނެސްދޭ މީހެކެވެ. ސްޓްރީޓް އާޓިސްޓެއް، ޕޮލިޓިކަލް އެކްޓިވިސްޓެއް އަދި ފިލްމު ޑިރެކްޓަރެއްވެސް މެ އެވެ. ނުވަދިހައިގެ އަހަރުތަކުން ފަަށައިގެން އޭނާގެ ބައެއް ކުރެހުންތަކަކީ މާނަ ފުން މެސެޖުތައް ދޭ ކުރެހުންތައް ގޮތުގައި ފާހަގަ ކުރެވިފައި ވެއެވެ.

އެގޮތުން، އޭނާ ކުރަހާފައިވާ، "ސްލޭވް ލޭބާ" އާއި 2002 ވަނަ އަހަރު ކުރެހި "ބެލޫން ގާލް" އަދި، 2014 ވަނަ އަހަރުގެ "މޯބައިލް ލަވާސް" މިއީ ދުނިޔޭގައި ވެސް މަގުބޫލުވި ކުރެހުންތަކެވެ. އަދި ސްޓްރީޓް އާޓްގެ ގޮތުގައި އެކި ސަރަހައްދުތަކުގައި ފެނިފައި ހުރި ކުރެހުމެވެ.

މި ކުރެހުންތަކުގެ ލިސްޓަށް ބެންކްސީ އިތުރު ކުރި "ގޭމް ޗޭންޖާ" ވެސް ވަރަށް ވައިރަލް ވެއްޖެ އެވެ. ކުރެހުމުން ދިން މެސެޖު ބޮޑު ވެފައި ގޭމް ޗޭންޖާ އަކަށް ވީމަ އެވެ.