ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫ މީހާގެ ނަތީޖާ ނެގެޓިވްވެއްޖެ

އައްޑޫ ސިޓީ ހޮސްޕިޓަލުން އައިޖީއެމްއެޗްއަށް ބަދަލުކުރި ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ދެވަނަ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އައްޑޫއިން ކޮވިޑަށް ޕޮޒިޓްވްވި މީހާއަކީ ސ. މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އަނަންތާރާގެ ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައި އައްޑޫއަށް ދިޔަ އެ މީހާ ބަލިވެގެން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ.

އޭނާގެ ދެވަނަ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެ، އޭނާއަކީ ކޮވިޑަށް ޕޮޒިޓިވް މީހެއް ނޫން ކަމަށް ކަނޑައަޅާފައިވާއިރު މި ކޭސްއާ ގުޅިގެން މުޅި އައްޑޫ ސިޓީ ވަނީ ލޮކްޑައުންކޮށްފަ އެވެ.

މި މީހާއާ ގުޅުން އޮތް 26 މީހަކު ފާހަގަ ކުރެވި އެ މީހުން އެކަހެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެ މީހާއާ ކޮންޓެކްޓްވި ހޮސްޕިޓަލް މުއައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި ހަތް ޑޮކްޓަރުންނާއި 10 ނަރުހުން ހިމެނެ އެވެ.

އައްޑޫ ސިޓީއިން މާލެ ގެނައި މީހެއްގެ ނަތީޖާ ޕޮޒިޓިވްކޮށް ކުރިން ލިބުމާ ގުޅިގެން އެ ސިޓީގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިގެން ދިޔަ އެވެ. އަދި އައްޑޫ ސިޓީ ހޮސްޕިޓަލްގައި އެކަށީގެންވާ ވަސީލަތްތައް ނެތް ކަމުގެ ޝަކުވާ ވެސް ބޮޑުވި އެވެ.