ކޮވިޑް-19 އާ ގުޅިގެން ޑޮކްޓަރަށް ދެެއްކުމުގައި ދިމާވާ މަަައްސަލަ ހައްލު ކުރަން އައިޖީއެމްއެޗުން އޮންލައިން ކްލިނިކްތަކެއް ތައާރަފު ކޮށްފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދުރާލާ އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު މެދުކަނޑާލާފަ އެވެ. އޭގެ ސަބަބުން ގަވާއިދުން ޑޮކްޓަރަށް ދައްކަންޖެހޭ ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ކަމަށް ހައްލެއް ހޯދައި ދިނުމަށް އޮންލައިން ކްލިނިކްގެ ހިދުމަތް ފަށައި ކްލިނިކްތަކެއް ގާއިމް ކޮށްފައިވާ ކަމަށެވެ.
ތަފާތު ބަލިތަކަށް ހާއްސަ އޮންލައިން ކްލިނިކްތައް އައިޖީއެމްއެޗުން ވަނީ ގާއިމް ކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ބަލިތަކާއި ނަފްސާނީ ބަލިތަކާއި އެެތެރެ ހަށީގެ ބަލިތަކާއި ނާރުގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކާއި ކެންސަރާއި ލޮލުގެ ބަލިތަކާއި ދަތުގެ ބަލިތަކާއި ހަމުގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުތެ ބަލިތަކާއި ކިޑްނީ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން އެ ނޫންވެސް ބައެއް ބަލިތަކަށް ހާއްސަ އޮންލައިން ކްލިނިކްތައް ހިމެނެ އެވެ.
އެ ކްލިނިކްތަކުން ހިދުމަތް ދޭނެ ދުވަސްތަކާއި ގަޑިތަކާއި އެޕޮއިންޓްމަންޓް ހައްދަން އެސްއެމްއެސް ނުވަތަ ވަައިބާ މެސެޖް ކުރާނެ ނަންބަރެއް ވެސް ހާއްސަކޮށްފައި ވެއެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ވެސް ބޮޑުވެފައިވާއިރު އައިޖީއެމްއެޗްގެ ސިއްހީ އެހީތެރިން މިވަގުތު ބޮޑަށް ހަރަކާތްތެރިވަމުން ދަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދޭށެވެ.