ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މެލޭޝިޔާ

މެލޭގައި ތިބި ދިވެހިންނަށް ފަރުވާގެ ލުއި ގޮތްތަކެއް

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ބޭސް ފަރުވާގެ ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ގޮތެއް ފަހި ކޮށްދޭން ގާއިމު ކޮށްފައިވާ "މެރަނަ" ސްކީމުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން ބޭސް ފަރުވާ ކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިފި އެވެ.

އާސަންދަ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނަނީ މެރަނަ ސްކީމްގެ ދަށުން ބޭސް ފަރުވާ ކުރަން ކަނޑައަޅާފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ދިއުމުގައި މިވަގުތު ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ އެ ފިޔަވަޅުތަކާ ގުޅިގެން މެލޭޝިޔާގައި ދިވެހިން އުޅޭ ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަކީ މެރަނަ ސްކީމްގެ ދަށުން ހިދުމަތް ހޯދި ދާނެ ތަންތަނުގެ ގޮތުގައި ހަމަޖައްސަން ނިންމާފަައިވާ ކަމަަށެވެ.

ދިރިއުޅޭ ސަރަހައްދާ 10 ކިލޯމީޓަރު ކައިރީގައި ސްކީމްގަައި ހިމެނޭ ސިއްހީ ހިދުމަތް ދޭ ސެންޓަރެެއް ނެތްނަމަ ބޭނުންވާ ހިދުމަތް ރަނގަޅު އަގެއްގައި ލިބެންހުރި ސިއްހީ ހިދުމަތްދޭ ތަނަކުން ހިދުމަތް ހޯދުމަށް ފަހު ހަރަދުވީ ތަފްސީލް އެނގޭނެ ބިލްތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަަށެވެ.

މެރަނަ ސްކީމްގެ ޚިދުމަތް ފަށާފައި ވަނީ އޮކްޓޫބަރު 15، 2019 ގައެވެ. ހިދުމަތް އިފްތިތާހު ކުރީ އޭޕްރީލް 11، 2019 ގައެވެ. އެ ސްކީމްގެ ޚިދުމަތް ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ލިބެއެވެ.

އެ ސްކީމްގެ ބައިވެރިއަކަށް ކަވަރޭޖް ގޮތުގައި އަހަރަކު 150،000 ރުފިޔާ ހަމަޖެހެ އެވެ. އެޑްމިޓް ނުކޮށް ހޯދާ ޚިދުމަތްތަކުގެ މިންވަރަކީ ކަވަރޭޖްގެ ތެރެއިން އަހަރު 10،000 ރުފިޔާ އެވެ. އެޑްމިޓް ކޮށްގެން ދޭ ޚިދުމަތުގެ މިންވަރަކީ އެޑްމިޓް ނުކޮށް ހޯދާ ކޮންމެ ޚިދުމަތްތަކުގެ ކަވަރޭޖް ހިމަނައިގެން 150،000 ރުފިޔާ އެވެ.