ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތަރު މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރުގައި މި ވަގުތު ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. އެއީ 70 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ހޮސްޕިޓަލްގައި ދެން ފަރުވާ ދެމުންދަނީ ޕާކިސްތާނުގެ 44 އަހަރުގެ ފިރިހެނަކަށެވެ.

އަމިއްލަ ފަރާތަކުން ހިންގަމުންދިޔަ ޓްރީޓޮޕް ހޮސްޕިޓަލްވެސް މިހާރު ވަނީ ކޮވިޑަށް ފަރުވާދޭ ސެންޓަރަކަށް ބަދަލުކޮށްފައެވެ. އަފްޒަލް ވިދާޅުވީ އެ ހޮސްޕިޓަލްގައި 11 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. އެއީ ދެ ބިދޭސީންނެވެ. އެއީ އުމުރުން 54 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.

ޑީއެޗް11 ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އެއީ ކޮވިޑް ޖެެހިގެން ރާއްޖެއިން މަރުވި ތިން ވަނަ މީހާއެވެ. ކޮވިޑްގައި ރާއްޖެއިން ފުރަތަމަ މަރުވީ 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން ބިދޭސީއަކުވެސް ވަނީ މަރުވެފައެވެ.