ބޭރު ކުޅިވަރު

ބޭލް ދެ ހަފުތާއަށް ކުޅުމާ ދުރަށް

Sep 19, 2015

ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ގެރެތް ބޭލް ދެ ހަފުތާ އަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ އެވެ.

އެއީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު ހާނިއްކައެއްގެ ސަބަބުންނެވެ. ނަމަވެސް ކޯޗު ރަފާ ބެނީޓޭޒް ބުނީ މި އަނިޔާ ސީރިއަސް ނޫން ކަމަށާއި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއާމެދު ކަންބޮޑުވުމެއްނެތް ކަމަށެވެ.

ބެނީޓޭޒް ބުނީ އަންނަ މަހު ކުޅޭ ޔޫރޯ ކޮލިފައިން މެޗުތަކުގައި ވޭލްސްގެ ގައުމީ ޓީމަށް ކުޅެން ބޭލް ފިޓްވާނެ ކަމަށާއި ކުޅުންތެރިން ފިޓްކޮށް ހުރެފިނަމަ ގައުމީ ޓީމަށް ކުޅެން ފުރުސަތުދޭނެ ކަމަށެވެ.

ބޮސްނިއާ އާއި އެންޑޯރާއާ ދެކޮޅަށް ކުޅޭ މި ދެ މެޗަކީ ވޭލްސް އަށް ވަރަށް މުހިންމު ދެ މެޗެވެ. މި ދެ މެޗުން ކާމިޔާބު ހޯދައިފިނަމަ 1958 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޭލްސް ބައިނަލް އަގްވާމީ ބޮޑު މުބާރާތަކަށް ކޮލިފައިވާނެ އެވެ.