ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުލިގަން

އުލިގަމު މީހާ ރަނގަޅުވެ އަދަދު 32 އަށް

އުލިގަން
0%
0%
0%

ހއ. އުލިގަމުން ކޮވިޑަށް ޕޮޒިޓިވްވީ މީހާ ރަނގަޅު ވެއްޖެ އެވެ.

މިއީ މާލެއިން ބޭރުން، މީހުން ދިރި އުޅޭ ރަށަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފުރަތަމަ މީހާ އެވެ. އޭނާ ޕޮޒިޓިވްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އޭނާ މިއަދު ރަނގަޅުވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 32 މީހުން ވަނީ ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 900 އިން މައްޗަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910