ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓްރީ ޓޮޕް ހޮސްޕިޓަލް

ޕޮޒިޓިވްވީ މީހަކު ޓްރީޓޮޕަށް ބަދަލުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދުވަސްވީ މީހަކު ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

ޓްރީޓޮޕަކީ ކޮވިޑަށް ފަރުވާ ދޭން ބޭނުން ކުރަމުންދާ ހޮސްޕިޓަލެކެވެ. ސަރުކާރާއި އެ ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހޮސްޕިޓަލަށް ތިން މަސް ދުވަހަށް ސަރުކާރަށް ވަނީ ދޫކޮށްލާފަ އެވެ. މި ވަގުތު އެ ހޮސްޕިޓަލްގައި 11 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި އެވެ.

މިރޭ އެންއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ޓްރީޓޮޕަށް ބަދަލުކޮށްފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ވެސް ހާއްސަ ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ. އެ ތަނުގައި ފަރުވާ ހޯދަމުން ދަނީ ތިން މީހުންނެެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.