ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން ފަށައިފި

އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް އެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އެންމެ ރިސްކް ބޮޑީ ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުުރުން އެކިއެކި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނެވެ. މިވަގުތުވެސް ދުވަސްވީ ބައެއް މީހުންނަށް ކޮވިޑްޖެހި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. އެއީ 70 އަހަރުގެ މީހަކާއި 88 އަހަރުގެ މީހެކެވެ.

އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމަށް އެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޭނުންވާ ރާއްޖޭގައި ހާއްސަކޮށް މާލޭގައި ހައިރިސްކް ގުރޫޕްގެ ތެރޭގައި ބަލި ހުރީ ކިހާވަރަކަށްތޯ ބަލަން. އެހެންވީމަ އެކަމަށްޓަކައި ކުރާ އެކްޓިވް ސަވައިލަންސްގެ ސަބްކޮންޕޯނަންޓެއް އެއީ." އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެ، މާލެެތެރޭގައި ކޮމިއުނިޓީސްޕްރެޑެއް އޮތްއިރު ބަލި އޮތް މިންވަރު ދެނެގަތުމުގެ ގޮތުން މާލެތެރެއިން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ދަނީ ކުރަމުންނެވެ. އަދި ޖަލާއި އެނޫންވެސް އެހެން ތަންތަނުން ރެންޑަމް ސާމްޕަލް ނަގާ ބަލި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.