ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެންއީއޯސީގެ މަސައްކަތަށް ބަގީތަކެއް ހަދިޔާކޮށްފި

May 13, 2020

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ރެޕިޑް ރެސްޕޮންސް ޓީމްގެ މަސައްކަތްތަކަށް ފަސޭހަކޮށް ދިނުމަށް ބަގީތަކެއް ހަދިޔާކޮށްފި އެވެ.

މި ބަގީތައް ހަދިޔާކޮށްފައިވަނީ ހާޑް ރޮކްސް މޯލްޑިވްސް އަދި ސާއި ލެގޫން މޯލްޑިވްސްގެ ހެޔޮ އެދުންތަކާއެކު ޓޫރިޒަމް މިނިސްޓްރީއިންނެވެ.

ޓޫރިޒަމް މިނިސްޓްރީއިން ގެންދަނީ ކޮވިޑް-19އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަރަންޓީނު ފެސިލިޓީތައް ހޯދައި އެކަންކަން ހަމަޖެއްސުމުގެ މަސައްކަތް އެ މިނިސްޓްރީއިން ކުރެ އެވެ.