ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމައިފި

މާލެ ސިޓީގެ ލޮކްޑައުން އިތުރު 14 ދުވަހަށް އިތުރު ކުރުމަށް ނިންމައިފި އެވެ. އެންމެފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

މާލޭގެ ލޮކްޑައުން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލެއިން ފުރަތަމަ ކޮވިޑް-19 ކޭސް ފެނުމާއެކު އެވެ.

ލޮކްޑައުން އިތުރު 14 ދުވަހަށް އިތުރުކުރިއިރު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މާލޭގައި ކޮވިޑް-19 ބަލި އިތުރަށް ފެތުރިގެން ގޮސް ޕީކަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެންވެ، އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 955 އަކަށް އަރާފަ އެވެ. މީގެ ތެރޭގައި ބަންގްލަދޭޝް މީހުން ގިނަ އެވެ. އެހެންވެ، އެމީހުން ދިރިއުޅެމުންދާ ތަންތަނަށް އިސްކަންދީގެން ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މިރޭ ވަނީ މަރުވެފަ އެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ހަތަރަކަށް އެރީ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދުވަސްވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.