ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިބްރާހިމީ މިސްކިތުގެ އިމާމު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިބްރާހިމީ މިސްކިތުގެ އިމާމު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިމާމު މީހާ ޕޮޒިޓިވް ވިކަން އެޗްޕީއޭއިން މިއަދު އަންގާފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވްވި ކަމަށް އެންގި އިރު ހުރީ އަސުރު ނަމާދު ބަންގި ގޮވަން ގޮސް މިސްކިތުގައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ވަގުތުން ފެށިގެން އެ މީހާ މިސްކިތުގައި މަޑުކުރީ ކަމަށާ މިރޭގެ ވަގުތެއްގައި ހުޅުލޭ އައިލެންޑް ހޮޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"އަސްރަށް ބަންގި ގޮވަން ގޮސް ހުއްޓާ އެނގުނީ. އިމާމުގެ ސާމްޕަލް މި ނެގީ ރެންޑަމް ސާމްޕަލްތަކުގެ ތެރޭ ހިމެނިގެން. އެޗްޕީއޭގެ އެންގުން އައި ފަހުން އިތުރު ތާކަށް ނުދޭ. މިސްކިތުގައި މަޑުކޮށްލައިގެން ހުރީ. މިރޭ އެ ގެންދިޔައީ ކަރަންޓީން ފެސިލިޓީއަށް. އެނގިފައިވާ ގޮތުގައި އެޗްއައިއެޗަށް ގެންދިޔައީ." އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް މިސްކިތްތަކުން ބަންގި ގޮވައެވެ.