ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި

އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 ގެ ބަލި އައްޑޫއިން ފެނި އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އަދި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އިދާރާތަކުން މައުލޫމާތު ދީފައިވާތީ މިރޭ ފަތިސް ނަމާދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް އައްޑޫ ސިޓީގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ނުހެދުމަށް އަންގާ ކަމަށެވެ.

މި ހާލަތުގައި ހަމައެކަނި ބަންގި ގޮވުމަށާއި ޖަމާއަތް ނުހެދި ނަމަވެސް ނަމާދުތަކަށް ފަރުވާތެރިވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.