ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް-19 އާ ގުޅިގެން ހާއްސަ އޮޑިޓެއް ފިނޭންސުން ކުރަނީ

May 16, 2020
1

ކޮވިޑް-19 އާ ގުޅިގެން ކުރާ ހަރަދުތަކާބެހޭ ގޮތުން، ފިނޭންސުން ހާއްސަ އޮޑިޓެއް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އިންޓާނަލް އޮޑިޓެއް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އަދި ގިނަ އަދަދެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ގެންނާތީ އެސްޓީއޯގެ ހާއްސަ އޮޑިޓެއް ކުރަން ވެސް ޕީސީބީގައި އެދިފައި ވާނެ އެވެ.

"ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ތަފާސް ހިސާބުތައް މިދަނީ އާއްމު ކުރަމުން. މިހާތަނަށް ގިނަ ތަކެތި ގެންނަން އޯޑަރު ދީފައިވާނީ އެސްޓީއޯގެ ފަރާތުން،" އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފައިނޭޝަލް އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ރައްޔިތުން މަޖިލީހަށް ހުށަހަޅާފަ އެވެ.