ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 47 ޕޮޒިޓިވް، އަދަދު 1078

ރާއްޖެއިން ކޮވިޑަށް އިތުރު 47 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިރޭ ކޮވިޑަށް ޕޮޒިޓިވްވީ 47 މީހުންގެ ތެރޭގައި 19 ދިވެހިން ހިމެނޭ ކަމަށެވެ. އަދި ބަންގަލްދޭޝްގެ 22 މީހަކާއި ނޭޕާލްގެ ދެ މީހެއްގެ އިތުރުން އިންޑިއާގެ ހަތަރު މީހެއް ކަމަށެވެ.

އެއާއެކު ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 1078 އަށް އަރާފައެވެ.

އިއްޔެވެސް 49 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.