ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާދަމް ޝަރީފު އުމަރު

އެހީ ނުލިބެނީ ސަރުކާރުގެ ސަބަބުން: އާދަމް ޝަރީފް

ބޭރުގެ ގަައުމުތަކުން ރާއްޖެއަށް އެކަށީގެންވާ އެހީތެރިކަން ނުލިބެނީ ސަރުކާރުގެ ސިޔާސަތު އޮޅި، ހަމަހަމަކަން ގެއްލިފައިވާތީ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ސަބަބުން ރާއްޖެއަަށް އިގްތިސޯދީ ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އަދި ގިނަ ބަޔަކަށް އެ ބަލި ޖެހިފައިވާއިރު ދައުލަތުން ބޮޑު ހޭދައެއް ވެސް ވަނީ ކުރަން ޖެހިފަ އެވެ.

އެހެން ކަމުން ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ކޮވިޑް-19 އިގެ ބަލިމަޑުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ މައްސަލަތަކާއި ގުޅިގެން ބޭރު ގައުމުތަކުން އެކަށީގެންވާ އެހީތެރިކަން ނުލިބެނީ ސަރުކާރުގެ ސިޔާސަތު އޮޅި، ހަމަހަމަކަން ގެއްލިފައިވާތީ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމުތަކަށް ސަރުކާރުގެ ވެރިން ކުރަމުންދާ ތުހުމަތުތައް ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ސައުދީ ސަރުކާރަށް ކުރާ ޓެރަރިޒަމްގެ ތުހުމަތާއި ޗައިނާ އަށް ޖެއްސުން ކުރުން ހުއްޓާލަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ވަރަށް ގާތް ބައިވެރިއެއްގެ ގޮތުގައި އޮތް ޗައިނާ އަދި ސައުދީގެ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ. އެހެން ދިމާވީ އެ ދެ ގައުމަށް ސަރުކާރުގެ ބައެއް އިސްވެރިން ކުރާ ތުހުމަތުތަކުގެ ސަބަބުން ކަމަށް އިދިކޮޅު ވާދަވެރިން ވިދާޅު ވެއެވެ.

މީގެ އިތުރުން އިންޑިއާ ރުއްސުމަށް ސަރުކާރުގެ ވެރިން ދައްކަމުންދާ ވާހަކަތަކާއި ޗައިނާއާ ގުޅުވައި ކުރާ ތުހުމަތުތަކުގެ އަސަރުވެސް ރާއްޖެ-ޗައިނާ ގުޅުން ގޯސްވުމުގެ ސަބަބަކަށް ވެފައި ވެއެވެ.