ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 10 މީހަކު ރަނގަޅުއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު އަށް 10 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. މިއަދު އިތުރު ތިން މީހަކުވެސް ވަނީ މި ބަލިން ރަނގަޅުވެފައެވެ.
މިއާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 59 އަކަށް އަރާނެ އެވެ. އަދި ޖުމުލަ ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 1078 އަށް އަރާނެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ރަނގަޅުވާ ރޭޓާ ގުޅޭ ގޮތުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް ވިދާޅުވެފައި ވަނީ ވައިރަހުން މީހުން ރަނގަޅުވަމުން އަންނަ ރޭޓް ދަށް ކަމަށާއި އޭގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ރާއްޖެއިން ފެނިފައި ވަނީ މިދިޔަ މާޗު މަހު 15 ގައެވެ. އޭގެ ފަހުން ރިސޯޓުތަކުން ބައެއް ކޭސްތައް ފެނި އަދި ވަރަށް އަވަހަށް ގިނަ ބަޔަކު އެ ބަލިން ރަނގަޅު ވެސްވި އެވެ. އެހެން ނަމަވެސް މާލެއިން ކޮވިޑް-19 ފެނުނު ހިސާބުން ބަލި ޖެހުނު މީހުންގެ އަދަދު 1000 އިން މައްޗަށް އަރައި ރިކަވަރީ ރޭޓް މިހާރު ހުރީ 5.3 ގަ އެވެ.