ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޓީއޯ އިން 699،924 ބަސްތާ ކާޑު އެތެރެކޮށްފި

May 17, 2020
1

ރޯދަ މަހާއި ކޮވިޑް-19 އަށް ތައްޔާރު ވުމުގެ ގޮތުން އެސްޓީއޯއިން މިދިޔަ ކްއާޓަރުގައި ހަ ލައްކައަށްވުރެ ގިނަ ބަސްތާގެ ކާޑު އެތެރެކޮށްފައިވަ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އެސްޓީއޯގެ މިދިޔަ ކްއާޓަރުގެ މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ ކުންފުނިން މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 344,944 ބަސްތާ ހަނޑުލާއި 207,400 ބަސްތާ ފުށް އަދި 117,580 ބަސްތާގެ ހަކުރު ރާއްޖެއަށް އެތެރެ ކޮށްފައި ވެއެވެ.

އެ ކުންފުނިން އެތެރެކުރި ކާޑުގެ ބާވަތްތަކުގެ ޖުމްލަ އަދަދު އެ މުއްދަތުގައި 699،924 ބަސްތާއަށް އަރަ އެވެ.

ކާޑުގެ އިތުރުން އެ ކުންފުނިން ވަނީ މި މުއްދަތުގައި ފިޔާ އަލުވި އަދި ބިހުގެ އަގު މައްޗަށް ދިޔަ ނުދިނުމަށްޓަކައި ގިނަ އަދަދެއް އެތެރެ ކޮށްފަ އެވެ. މި މުއްދަތުގައި 27,982 ބަސްތާގެ ފިޔާ އާއި 6,110 ބަސްތާ އަލުވި އަދި 25,200 ކޭސް ބިސް އެތެރެކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ބަލި ރާއްޖޭގައި ފެތުރެން ފެށުމާއެކު އެސްޓީއޯއިން ވަނީ ބައެއް ހިދުމަތްތައް އޮންލައިންކޮށް ފަށާފަ އެވެ. އެގޮތުން އެ ކުންފުނީގެ ސުޕަ މާކެޓުން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ އޮންލައިން ސިސްޓަމަކާއި ބޭހަށް އޯޑަރު ދޭން ވެސް އޮންލައިން ސިސްޓަމެއް ތައާރަފު ކުރިއެވެ.

އީ-ސްޓޯރުން މި މުއްދަތުގައި 161,209 އޯޑަރު ދީފައިވެ އެވެ. އަދި 6,058 އޯޑަރަކީ ގޭގެއަށް މުދާ ގަންނަން ދީފައިވާ އޯޑަރު ތަކެވެ. ކަންމަތީ ފިހާރަތަކަށް 487 ޑެލިވަރީގެ ހެދި އެވެ.

އެސްޓިއޯ އިން ބޭސް ފޯރުކޮށް ދޭން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން 5,868 ބޭސް ސިޓީ އަކަށް ބޭސް ހޯދަން ވަނީ އެދިފަ އެވެ. މީގެ ތެރެއިން 4,605 ބޭސް ސިޓީ އަކަށް ހިދުމަތް ދިންއިރު ކަސްޓަމަރުންގެ އަދަދު 3,939 އަށް އަރަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި ޕްރޮންޓްލައިންގައި އެ ކުންފުނީގެ 998 މުވައްޒަފުން ދަނީ މަސައްކަތް ކުރެ އެވެ. އަދި ގޭގައި މަޑުކޮށްގެން 934 މުވައްޒަފުން ހިދުމަތް ދޭއިރު، 163 މުވައްޒަފުން މަަސައްކަތް ކުރެ އެވެ.