ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތައިލެންޑުގެ 148 މީހުން ފޮނުވާލައިފި

ރާއްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު އެނބުރި ގައުމަށް މިއަދު ފޮނުވާލައިފި އެވެ.

ތައިލެންޑް ކޮންސިއުލޭޓުން މިއަދު ބުނީ މިއަދު ފޮނުވާލި މީހުންނަކީ ރާއްޖޭގައި ތިބި ތައިލެންޑް މީހުން އެނބުރި ގައުމަށް ފޮނުވުމަށް ބޭއްވި ތިންވަނަ ފްލައިޓުގައި ދިޔަ މީހުން ކަމަށެވެ.

މީގެ އިތުރުންވެސް އަދި ފްލައިޓެއް ބާއްވާނެކަމަށާއި ތައިލެންޑަށް އެނބުރިދާން ބޭނުންވާ އެގައުމުގެެ ރައްޔިތުން މިއަދުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަންވެސް ކޮންސިއުލޭޓުން ބުންޏެވެ.

އެ ގައުމުގެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައިވަނީ މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓެއްގަ އެވެ.


ކޮވިޑް-19 ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާތީ އެކި ކަންކަމު އައިސް އެނބުރި ގައުމަށް ނުދެވި ތިބި މީހުން ފޮނުވުމަށް ހާއްސަ ރެސްކިޔު ފްލައިޓުތައް ވަނީ ބާއްވައިފަ އެވެ. ޢަދި ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއި ފަތުރުވެރިން ގެންދިޔުމަށް އެކި ފަހަރު މަތިން ފްލައިޓުތައް ބާއްވާފައިވެ އެވެ.