ހަބަރު

ޖަލުގެ ފޮޓޯ ނެގީ ކާނާ ކުނިވަންދެން ބަހައްޓާފައި

ގައިދީންނަށް ރޯދަ ވީއްލަން ޖަލުގައި ދިން ކާއެއްޗެހި ކުނިވެ ފުޅަ އަޅާފައި ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ކުރީ ކާއެއްޗެހި ކުނި ވަންދެން ޖަލު ގޮޅިތަކުގައި ބެހެއްޓުމަށް ފަހު ނަގާފައިވާ ވީޑިއޯ އާއި ފޮޓޯ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މާފުށީ ޖަލުގައި ގައިދީންނަށް ރޯދަވީއްލަން ދިން ކާތަކެތީ ކުނިވެ ފުޅަ އަޅާފައިވާ ކަމަށް ބުނެ ފޮޓޯ އާއި ވީޑިއޯ މިދިޔަ ދެ ދުވަހު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ބުނީ ޖަލުގައި ދިން ކާތަކެއްޗާ ބެހޭ ގޮތުން މިފަދަ އެއްވެސް ޝަކުވާއެއް މިނިސްޓްރީ އށް ލިބިފައި ނެތް ކަމަށެވެ. އަދި އާއްމު ކޮށްގެން އުޅޭ ވީޑީއޯގެ މައްސަލަ ބެލުމުން އެއީ ގޮޅި ތެރޭ ގިނަ ދުވަހު ކުނިވަންދެން ބަހައްޓައިގެން ނަގާފައިވާ ވީޑިއޯ އެއް ކަމަށް އެނގުނު ކަމަށެވެ.

އިތުރަށް ބުނީ، މައްސަލަ ބެލުމަށް ގައިދީންނާ ސުވާލުކުުރުމުން ވެސް އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގައި މިހާރު އެދިފައި ވާނެ ކަމަށެވެ.

ޖަލުގައި ހަމަނުޖެހުން ހިންގުމާއި ޖަލުގެ އެކި ކަންކަމާ ބެހޭ ފޮޓޯ އާއި ވީޑިއޯ ވަރަށް ގިނައިން އާންމުކުރެ އެވެ.